ދިވެހިރާއްޖެ
އިޢުލާން
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި "ސްޕޯޓްސް ކައުންސިލަރ" ގެ ނަމުގައި މަޤާމެއް އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމަށް ތަމްރީން ކުރުމަށް ހިންގާ "ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ"
ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން:ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ |
މުއްދަތު:3 ހަފްތާ / (50 ގަޑިއިރު) |
ކޯސް ފެށޭ ތާރީޚް: 16 ޑިސެމްބަރ 2018 |
ކޯހުގެ ފީ: ހިލޭ |
އެލަވަންސް: ކޯހުގެ ކޮންމެ ބައިވެރިއަކަށް އެލަވަންސްއެއް ދިނުމަށްވަނީ ހަމަޖެހިފައި |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / މާލެ |
ޖާގަ: 198 (މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 1) |
ކޯހުގެ ޝަރުތު ހ. ޢުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުން |
ފޯމް ލިބެން ހުންނާނެތަން: ރަށު ކައުންސިލް އިދާރާ ނުވަތަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް |
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. |
ޝޯޓްލިސްޓް ކުރުމުގައި ބަލާނެ މިންގަނޑު
ހ. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި "ސެކެންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކްނޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްގެން "ސީ" ގްރޭޑް ގްރޭޑް ލިބިފައިވުން ނުވަތަ ށ. ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވެފައިވާ ފަރާތަކަށްވުން ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަދި 3326985 އަށް ގުޅުއްވުން އެދެން. |
14 ރަބީއުލްއައްވަލް 1440