ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

 

ކިހާދޫ ސްކޫލް

ބ.ކިހާދު ، ދިވެހިރާއްޖެ

                                       

ނަންބަރ: GS-131/IUL/2018/031

އިޢުލާން

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

         މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ނޮވެންބަރ 28 ވާ ބުދަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 ޑިސެންބަރ 11 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

        ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޟިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޟިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

14 ރަބީޢުލްއައްވަލް 1440

22 ނޮވެންބަރ 2018

22 ނޮވެންބަރު 2018
ހޯދާ