ދިވެހިރާއްޖެ
އިޢުލާނު
2019 ވަނައަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
މި މަދަރުސާގެ ސެކިއުރިޓީ 2019 ވަނައަހަރަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި މި މަދަރުސާގެ ނަމްބަރު: GS12 /2018/21 (IUL) (14 ނޮވެމްބަރު 2018) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތުސާފުކުރުމަށް ޙާޒިވެފައިނުވާތީ އެޢިއުލާން ބާޠިލްކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ. ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުންއެދެމެވެ.
މަޢުލޫމާތުދިނުން އޮންނާނީ 25 ނޮވެންބަރު 2018 ވާ އާދިއްތަ ދުވަހުގެމެންދުރު 1:30 ގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޙަކީ 29 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އެވެ.
މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާނެއެވެ. ބަދަލްގައި މީހަކު ފޮނުވާނަމަ، ސިޓީއަކާއިއެކު ޙާޒިރުވެލައްވާ ފަރާތުގެ އައި.ޑީ. ކާޑު ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަދަރުސާގެ ފޯނުނަމްބަރު 6700025 އާއި ގުޅުއްވުން އެދެމެވެ.