ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އެވޯޑު 2018 އަށް ނޮމިނޭޓް ކުރުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ފާދިއްޕޮޅުގެ ދަރިންގެ ތެރެއިން، ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާދިއްޕޮޅަށް އަދި ޤައުމަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް، ތަފާތުއެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި، ނިމުނު އަހަރު ފާދިއްޕޮޅަށް ފަޚުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްއާއި، ޤައުމީ ތަރައްޤީގެ ޕްލޭން އަދި  ރަށު / އަތޮޅު ތަރައްޤީ ޕްލޭންގައިވާ ލަނޑުދަނޑިތައް ހާޞިލްވާފަދަ ކަންކަން ތަންފީޒުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ޚާއްޞަ އެވޯޑެއް ދިނުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ވަނީ ނިންމަވާފައެވެ.

އެވޯރޑުތަކަށް ނޮމިނޭޓްކުރަން ހުށަހަޅާނީ އެކަމަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯރސަލް ފޯރމުންނެވެ.

އެވޯރޑުތަކަށް ނޮމިނޭޓްކުރަން ބޭނުންވާ މީހެއް ނުވަތަ ބައެއް ނުވަތަ މުއައްސަސާއެއްގެ މަޢުލޫމާތުތައް ހިމަނައިގެން، އަމިއްލަ ނަމުގައި، ނުވަތަ އެހެން ފަރާތެއް ނޮމިނޭޓްކުރުމަށްވެސް ޕްރޮޕޯރސަލްފޯރމް ހުށަހެޅިދާނެއެވެ.

ބެސްޓް ޕާރފޮމެންސް އެވޯރޑަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ މުއައްސަސާތައް އޮޓަމެޓިކުން ނޮމިނޭޓް ކުރެވޭނެއެވެ. މި އެވޯރޑް ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ލިޔެކިޔުންތައް ހޯދާނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްއިން އެ މުއައްސަސާ ތަކުގައި ދަންނަވައިގެންނެވެ. އެހެންކަމުން އެ މުއައްސަސާތަކުން، އެ އެވޯރޑަށް ޕްރޮޕޯރސަލް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ހާރޑްކޮޕީ ހުށަހަޅުއްވާނީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށެވެ. މެއިލް އިން ހުށަހަޅުއްވާނަމަ، ސާފުކޮށް ސްކޭން ކުރެވިފައިވާ ޕީޑީއެފް ފައިލް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް މެއިލް ކުރައްވާށެވެ.

ނޮމިނޭޝަންއަށް އެއްވެސް ފަރާތެއްގެ ނަން ހުށަހަޅުއްވާނަމަ، އެފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ ޕްރޮޕޯރސަލްއާއެކު، ހުށަހަޅުއްވަން ވާނެއެވެ.

މިއެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން " ފާދިއްޕޮޅު އެވޯޑަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަކުރައްވައި އެފޯމާއެކު ހުށަހަޅުއވަންޖެހޭ ލިއުންތައް 10 ޑިސެންބަރު 2018 ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

"ފާދިއްޕޮޅު އެވޯޑަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެވާހަކަ ދެންނެވީމެވެ.

19 ނޮވެންބަރު 2018
ހޯދާ