ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް
ފިއްލަދޫ، ދިވެހިރާއްޖެ.
ނަންބަރު: A11-MC/2018/03
އިޢުލާން
ހއ.ފިއްލަދޫ. މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.
މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 28 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 13:00 ގަޑި އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 04 ޑިސެމްބަރު 2018
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހއ.ފިއްލަދޫ. މެޖިސްޓްރޭޓް
13 ރަބީޢުލްއައްވަލް 1440
21 ނޮވެމްބަރ 2018