ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކުރުމާއި ބެހޭ

`

 

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ               

ހއ. އިހަވަންދޫ                                                   

ދިވެހިރާއްޖެ   

ނަންބަރު: IUL-248-CAA/248/2018/94

                                   

އިޢުލާން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކުރުމާއި ބެހޭ.                         

                 މިއިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)248-CAA/248/2018/6 ( 11 އޮކްޓޯބަރު 2018 ) ގެ އިޢުލާނަށް އިޖާބަ ދެއްވާ އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

                 ވީމާ، މިއިދާރާގެ ވެބްސައިޓް ފަރުމާ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 02 ޑިސެމްބަރު 2018 ވާ އާދިއްތަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

                 މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

                 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ.އިހަވަންދޫ ކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާ ކުރުމަށް އެދި  ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ނޮވެންބަރު 2018
ހޯދާ