ދިވެހިރާއްޖެ
c
ފިނޭސްކޫލް
ހދ.ފިނޭ، ދިވެހިރާއްޖެ
ނަންބަރު:(iu)GS99/2018/041
އިޢުލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށައަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ މީލާދީ 1 އަހަރު ދުވަހަށް މިސްކޫލްގެ ސެކިއުރީޓީ ބަލަހައްޓައިދޭންބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓާއެކު މި ރަޖިސްޓްރީވެސް ހުށައަޅަންވާނެއެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ މައުލޫމާތު ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520539 ފޯނާއި ގުޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
27 ނޮވެމްބަރު 2018 |
އަންގާރަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުން |
29 ނޮވެމްބަރު 2018 |
ބުރާސްފަތި |
13:00 |
21 ނޮވެމްބަރު 2018
13 ރަބީޢުލްއައްވަލު 1440