މަޤާމް:
|
އެސިސްޓެންޓް ލީގަލް އޮފިސަރ
|
ރޭންކް:
|
އެލް 1
|
ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސް
|
މުސާރަ:
|
މަހަކު9,610/- ރުފިޔާ
|
މި މަޤާމަށް ލިބޭ އެލަވަންސް:
|
މަހަކު 3,500/-ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު 4,324/50ރުފިޔާ
|
ބޭނުންވާ އަދަދު:
|
02
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހެޑް އޮފީސް
|
މަޤާމުގެ ޤިންތި:
|
ކޮންޓްރެކްޓް
|
ފެންވަރު ނުވަތަ ޝަރުތު:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- މި ސަރވިސްއިން ބަލަހައްޓާ ކުށްވެރިންކުރާ ޤަވާއިދާ ޚިލާފު މައްސަލަތައް ޝަރީއަތަށް ހުށައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ކުރުން.
- މި ސަރވިސްއިން ހަދާ ޤަވާއިދުތައް ހެދުމުގައި އެހީތެރިވުން.
- މި ސަރވިސްއާއި ޢާއްމު ފަރާތްތަކާއި ދެމެދު ހެދޭ އެއްބަސްވުންތައް ހެދުމުގައި އެހީތެރިވުން.
- މިނިވަން މުވައްސަސާތަކަށާއި ކޯޓްތަކަށް މި ސަރވިސްއާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމުގައި މި ސަރވިސްގެ މުވައްޒަފުން ޙާޟިރުކުރާއިރު ޤާނޫނީގޮތުން ދޭންޖެހޭ ލަފާ ދިނުމާއި އަދި އެމުވައްޒަފުންނާއެކު ދާންޖެހޭ މުޢައްސަސާތަކާއި ކޯޓުތަކަށް ދިއުން.
- އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ސަރުކާރުގެ މުއައްސަސާ ތަކަށާއި ކޯޓު ތަކަށް ގޮސް މި ސަރވިސް ތަމްސީލްކުރުން.
- ސެކްޝަނުގެ އެކިއެކި އިދާރީ މަސައްކަތް ކުރުން.
|
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
- ·މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
- ·ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ·ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
%50 ( ފަންސާސް އިންސައްތަ)
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.
އީ މެއިލް: [email protected]
|
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)
|