ދިވެހިރާއްޖެ
c
ހާފިޒު އަހުމަދު ސްކޫލް Hafiz Ahmed School
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ Fuvahmulah City, Maldives
ނަންބަރ: GS74/IUL/2018/08
އިޢުލާން
ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ
މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ހަމަވާތީ، 01 ޖަނަވަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް(01 އަހަރު ދުވަހުގެ މުއްދަތަށް) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
މައުލޫމާތު ސާފު ކުރުން |
02 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 11:00 |
އެސްޓިމޭޓް ހުށަހެޅުން |
05 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 |
މައުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހެޅުއްވުމަށް ކަޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުސަތު ލިބިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
1440 C 11
19 ނޮވެމްބަރ 2018
މުޙައްމަދު ފަޔާޟް
ޕްރިންސިޕަލް