ދިވެހިރާއްޖެ
ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް
ހއ ތަކަންދޫ،ދިވެހިރާއްޖެ ނަންބަރ:GS87/IUL/2018/10
އިޢުލާން
2019 ވަނަ އަހަރު މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ
މި ސްކޫލްގެ ނަންބަރ: GS87/IUL/2018/08 ( ނޮވެމްބަރ04, 2018) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އަލުން އިޢުލާންކުރަމެވެ.
2019 ވަނައަހަރު މި މަދަރުސާގެ ސެކިއުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 28 ވާ ބުދަ ދުވަހުގެ 11:30 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 05 ވާ ބުދަ ދުވަހުގެ 11:30 އަށް މި މަދަރުސާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަމްބަރ ( 2014/18 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރ ( 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.