ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖުމްހޫރީ 50 ފާހަގަކުރުން

ސަރކިއުލަރ

 

 

ނަންބަރ: SAM/CIR/2018/07

ލިބެންވީ: ރަށު ކައުންސިލް، ސިޓީ ކައުންސިލް

      ހުރިހާ ސްކޫލްތަކަށް

 

ޖުމްހޫރީ 50 ފާހަގަކުރުން.

 

        ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރުފުރުމާއި ޖުމްހޫރީ އައު ދައުރެއް ފެށުން ކުލަގަދަގޮތެއްގައި މި އެސޯސިއޭޝަނުން ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. މިފަދަ ކަންކަމަކީ ގައުމީ ރޫހު އާލާކޮށް ވަރުގަދަކޮށް ޤައުމިއްޔަތު ކުދިންގެ ހިތްތަކުގައި އިތުރުކޮށްދޭކަންކަމެވެ. ހަރުދަނާ މުޖުތަމަޢުއެއް ބިނާކުރުމަށް މިފަދަ ކަންކަމަކީ ނުހަނު މުހިންމު ކަންކަމެވެ. އަދި މިފަދަ ގިނަ ކަންކަން ކުރުމަށް ރޭވިފައިވާކަންވެސް ފާހަގަކޮށްލަމެވެ.

        ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ސްކައުޓް ކުދިންގެ ޔުނީފޯމުގައި ހަރުކުރާ ބެޖެއް ތަޢާރަފުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ކޮމެމަރޭޓިވް ބެޖަކީ، 2018 ވަނަ އަހަރުގެ ޑިސެންބަރ 15 އިން ފެށިގެން 17 ނޮވެމްބަރ 2019 ގެ ނިޔަލަށް ޔުނީފޯމުގައި ހަރުކޮށްގެން ބޭނުން ކުރެވޭނެ ބެޖެކެވެ. މި ބެޖު 15 ޑިސެމްބަރ 2018 ން ފެށިގެން މި އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ.

        ޖުމްހޫރީ އައު ދައުރެއް ފެށުން ފާހަގަކުރުމުގެ ގޮތުން ވީހާވެސް ގިނައިން ގައުމީ ދިދަ ބޭނުންކުރުމަކީ މި އެސޯސިއޭޝަނުން ވަރަށްބޮޑު އެދުމެކެވެ. އެގޮތުން، ހުރިހާ ރަށެއް އަދި ސިޓީތަކުގެ ގޭބިސީތަކުގައި ފެންނާނެހެން ދިވެހި ޤައުމީ ދިދަ، 2018 ނޮވެމްބަރ 17، 18 އަދި 19 މި ތިން ދުވަހު ހަރުކުރުމާއި ބޭނުން ކުރުމާއި އަދި ދަތުރު ފަތުރުކުރާ އުޅަނދުތަކުގައި ބޭނުންކުރުމަކީ މި އެސޯސިއޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ.

        މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ. މޯބައިލް ފޯނުންނަމަ، 7773763، 7786051 ނުވަތަ 9995058 އަށް ގުޅުއްވުން އެދެމެވެ.

 

16 ނޮވެމްބަރ 2018

16 ނޮވެންބަރު 2018
ހޯދާ