ދިވެހިރާއްޖެ
ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ކެޓަގަރީ H14 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ، 1 ކޮޓަރި) ކެޓަގަރީގެ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠުގައި، ފުލެޓަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ، ފުލެޓް ލިބޭ ފަރާތްތަކުގެ ފޯމު ނަންބަރުތަކާއި ލިބިފައިވާ ޖުމްލަ ޕޮއިންޓް އެނގޭނެ ދާއިމީ ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.
އަދި މިލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި، މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.
ވަގުތީ ލިސްޓުގައި ހިމެނުނު ފަރާތެއް ދާއިމީ ލިސްޓުގައި ނުހިމެނިވާނަމަ ވާނީ، މިމިނިސްޓްރީން އެފަރާތެއްގެ މައުލޫމާތު އިތުރަށް ބެލި ބެލުމުން ސައްޙަ ނޫން މައުލޫމާތު ދެއްވާފައިވާކަން ހާމަވުމާ ގުޅިގެން ފޯމު ބާޠިލްކުރުމުން ނުވަތަ އެފަރާތެއްގެ އަނބި/ފިރިމީހާއަށް "ހިޔާ 2018" މަޝްރޫޢުގެ އެހެން ކެޓަގަރީއަކުން ފުލެޓް ލިބިފައިވާނަމައެވެ.
ފުލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެކެޓަގަރީއެއްގެ ދަށުން ޢާންމުކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާ ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފުލެޓަށް ހޮވިއްޖެނަމަ، ފުލެޓް ޙަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން އެކެޓަގަރީއެއްގެ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލާ އެއްގޮތަށް ކަމުގައި ދެންނެވީމެވެ.