ދިވެހިރާއްޖެ
ކުޑަހުވަދޫ ކުނިކޮށީގައި މެޝިން ހައުސްއެއް ރޭނުމުގެ އަދި އޮފީސްބައެއް ހެދުމާއި ފާހާނާ ޖަންގުޝަންބެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު B-381/I-2018/45 އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ސާފުކުރުން:
- މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބިޑްފޮތް 2018 ނޮވެމްބަރ 14 ވަނަ ދުވަހުން ފެށިގެން 2018 ނޮވެމްބަރ 22 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- ބީލަން ކަރުދާހެއްގެ އަގަކީ 150.00ރ އެވެ.
- ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2018 ނޮވެމްބަރ 26 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމު 1 ގައެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ނޮވެމްބަރ 29 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމް 1 ގައި މިމަސައްކަތަށް ބިޑްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
- ބިޑް ނުނަގާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.