ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެން އެގްޒަމިނަރުން ހޯދުން

މި އިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރުން ބޭނުންވެގެން 23 އޮކްޓޫބަރ 2018 ގައި ކުރި މިއިދާރާގެ ނަންބަރު: IUL)226-E/PRIV/2018/13) އިޢުލާނާ ގުޅިގެން އެކަމަށް އެދި ހުށަހެޅި ފަރާތްތައް މަދުވުމުގެ ސަބަބުން އަލުން އިއުލާނު ކުރީމެވެ. ޢަމަލީ އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

- ބޭނުންވާ އަދަދު: 01 (އަންހެން)

- އުޖޫރަ:ޓެސްޓްކުރާކޮންމެއެއްގަމުލައިސަންސްA A1ކެޓަގަރީގެއުޅަނދަކަށް -/15 ރުފިޔާ

- ޝަރުޠު

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
  • ފުރިހަމަ ކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • މިއިދާރާގައި ވަޒީފާއަދާކުރާ މުވައްޒަފެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
  • އެއްގަމުލައިސަންސް A1 A ކެޓަގަރީ ލައިސަންސް އޮންނަ ފަރާތަކަށްވުން.             

ވީމާ، އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ އަންހެން ބޭފުޅުން 2018 ނޮވެމްބަރު 22 ވަނަދުވަހުގެ 14:00 ގެ ކުރިން އެއްގަމު ލައިސަންސްގެ ކޮޕީއާއި، ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

15 ނޮވެންބަރު 2018
ހޯދާ