ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2018/072
އިޢުލާނު
ގެއެއް ކުއްޔަށް ހިފުމާއި ބެހޭ
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރ GS60(B)/2018/070 (12 ނޮވެންބަރ 2018) އިޢުލާނާއި ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު ރަނގަޅު ފެންވަރުގެ ގެއެއް (މަދުވެގެން 2 ކޮޓަރީގެ) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
22 ނޮވެންބަރ 2018 |
11:00 ހެނދުނު |
ހަނިމާދޫ ސްކޫލް އޮފީސް |
އަންދާސީ ހިސާބު ހުށައެޅުން |
27 ނޮވެންބަރ 2018 |
11:00 ހެނދުނު |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
07 ރަބީޢުލްއައްވަލް 1440
15 ނޮވެންބަރ 2018