ދިވެހިރާއްޖެ
ހަނިމާދޫ ޢިޖުތިމާޢީ މަރުކަޒާއި، ފީރޯޒްވިލާއާއި އަދި ހަނިމާދޫ ދޮންވެލި ޢިމާރާތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅައެއްބައި 02 އަހަރު ދުވަހުގެ މުއްދަތަށް ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި މިކައުންސިލްގެ ނަންބަރު:(IUL)258/2018/50 (01 ނޮވެމްބަރ 2018) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 22 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11.20 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 11.20 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.