ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް ގަންނަން ބޭނުންވެއްޖެ.

 

އިޢުލާން

 

    

           ނަންބަރ: (IUL)468-U01/468/2018/31

ވެހިކަލް ގަންނަން ބޭނުންވެއްޖެ.

      މިއިދާރާ އަށް ވެހިކަލް ގަތުމަށް ކުރި ނަންބަރ (IUL)468-U01/468/2018/23އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢްލާން ބާޠިލްކޮށް މިއިދާރާ އަށް ވެހިކަލް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ އަލުން އިޢްލާން ކުރަމެވެ.

      ގަންނަން ބޭނުންވާ ވެހިކަލްތައް ތިރީގައި އެވަނީ އެވެ.  

      1 ޕިކަޕު

      1 ވޭން ( މިނި ވޭން )

      ވީމާ މިވެހިކަލްތައް  ވިއްކަވަން ބޭނުންވާ ފަރާތްތަކުން 21 ނޮވެމްބަރ 2018  ބުދަ ދުވަހުގެ)  10:00  އަށް  މިއިދާރާ އަށް ވަޑައިގެން  މަޢުލޫމާތު ސާފު  ކުރެއްވުމަށް ފަހު 29 ނޮވެނަބަރު  2018(ބުރާސްފަތި ދުވަހުގެ)  10:00ގައި  މިއިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފު ކުރެއްވުމަށް  ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގާ ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

      އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

07 ރަބީޢުލްއައްވަލް   1439  

15   ނޮވެމްބަރ    2018

 

15 ނޮވެންބަރު 2018
ހޯދާ