ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓީވީ އެއް ގަތުމާ ގުޅޭ

 

އިޢުލާން

 

    

ނަންބަރ: (IUL)468-U01/468/2018/29

ޓީވީ އެއް ގަތުމާ ގުޅޭ

      މިއިދާރާގެ ކޮންފަރެންސް ރޫމަށް 1 ޓީވީ ގަތުމަށް ބޭނުންވެއެވެ.

      ވީމާ، މި ޓީވީ ވިއްކަން ބޭނުންވާ ފަރާތްތަކުން 26 ނޮވެމްބަރ 2018 (ހޯމަ ދުވަހުގެ)  13:00 އަށް  މިއިދާރާ އަށް ވަޑައިގެން  މަޢުލޫމާތު ސާފު  ކުރެއްވުމަށް ފަހު 5 ޑިސެމްބަރ 2018 (ބުދަ ދުވަހުގެ)  13:00ގައި  މިއިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފު ކުރެއްވުމަށް  ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

      އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

07 ރަބީޢުލްއައްވަލް  1440  

  15  ނޮވެމްބަރ     2018   

15 ނޮވެންބަރު 2018
ހޯދާ