ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: (IUL)468-U01/468/2018/30
ލައިޓް ޕޯސްޓްޖަހާ ލައިޓް ހަރުކުރުން.
ފުވައްމުލަކުގައި އަލަށް ހަދާފައިވާ 3 ފުޓްސެލް ދަނޑުގައި ލައިޓް ޕޯސްޓްޖަހާ ލައިޓް ހަރުކޮށް މިކަމާ ގުޅޭ ބައެއް މަސައްކަތް ކުރުމަށް ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކުރި ނަންބަރު ((IUL)468-U01/468/2018/25) އިއުލާނައި ގުޅިގެން ބިޑް ކާމިޔާބުކުރި ފާރާތުން އެމަސައްކަތްކުރުމަށް އުޒުރުވެރިވާތީ، އެއިޢްލާން ބާޠިލުކޮށް އަލުން އިޢްލާންކުރީމެވެ.
މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހު 13:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިޔުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
07 ރަބީޢުލްއައްވަލް 1440
15 ނޮވެމްބަރ 2018