ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް އެލް.ކޭ.ޖީ އަދި ގުރޭޑް ތަކަށް ކުދިން ވެއްދުމާއިގުޅޭ:

`

  ދަނގެތި ސުކޫލް

އދ.ދަނގެތި، ދިވެހިރާއްޖެ 

ތާރީޚް:  15 ނޮވެމްބަރ 2018 

ނަމްބަރ: GS158/2018/06 

 

އިޢުލާނު

 

 2019 ވަނަ އަހަރަށް އެލް.ކޭ.ޖީ އަދި ގުރޭޑް ތަކަށް ކުދިން ވެއްދުމާއިގުޅޭ:

 

               2019 ވަނަ އަހަރަށް މި ސްކޫލްގެ އެލް.ކޭ.ޖީއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2019 ވަނަ އަހަރު އެލް.ކޭ.ޖީއަށް ވެއްދޭނީ މީލާދީގޮތުން 01 ޖެނުއަރީ 2019 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ. އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ސްކޫލަށް ވައްދަން އެދޭ އަހަރު މާރޗްމަހުގެ 31 ގެ ނިލަޔަށް އަހަރުފުރޭ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

              ވީމާ، އެލް.ކޭ.ޖީ އަދި ގުރޭޑްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 22 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

15 ނޮވެމްބަރ 2018

15 ނޮވެންބަރު 2018
ހޯދާ