ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އިދާރީ ކަންކަން ހިންގައި އިޞްލާޙުކުރުމުގެ އެންމެ އިސްފަރާތް ކަމުގައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓުގެ މަޤާމަށް ކުރެވުނު މި ކޯޓުގެ ނަންބަރު (IUL)197-A1/1/2018/10 (03 އޮކްޓޫބަރު 2018) އިޢުލާނު ބާޠިލުކޮށް އެ މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މުސާރަ: -/30،000 ރ (ތިރީސްހާސް ރުފިޔާ)

އެލަވަންސްތައް

1- ލިވިންގ އެލަވަންސް: -/15،000 ރ (ފަނަރަހާސް ރުފިޔާ)

2- ފޯނު އެލަވަންސް: -/2000 ރ (ދެހާސް ރުފިޔާ)

އަސާސީ ޝަރުޠު

1- ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލް އިން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.

(ށ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތެއްގައި ސީނިއަރ މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

(ނ) ކުރިން ވަޒީފާ އަދާކޮށްފައިވާ ދާއިރާތަކުގައި އަމިއްލައަށް އިސް ނަގައިގެން މަސައްކަތްކޮށް، ނަތީޖާ ޙާޞިލްކޮށްދީފައިވުމާއި، ތަފާތު ގިންތިތަކުގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ލީޑަރޝިޕް ދައްކާފައިވާ މީހެއްކަމުގައިވުން.

(ރ) ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުތައް އެނގޭ މީހެއްކަމުގައިވުން.

(ބ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2009/01 ސަރކިއުލަރގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ޅ) ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ލަފާދިނުމުގެ ޤާބިލުކަމާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ކ) ދިވެހިބަހުގެ އިތުރުން ޢަރަބިބަސް އަދި އިނގިރޭސިބަސް ފަދަ ބޭރުގެ ބަހަކުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

2- ޝަރުޢީ ދާއިރާގެ ވަޒީފާއަކަށް އައްޔަންކުރާ ފަރާތްތަކުގައި ހުރުން ލާޒިމުވާ ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވެފައިވުން.

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚުތިޔާރު ލިބިދޭ ޢުމުރު، 55 އަހަރަށްވުރެ ދޮށީ ޢުމުރުގެ މީހެއްކަމުގައި ނުވުން.

(ނ) އިސްލާމް ދީނުގައި ޙައްދެއްކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ޚިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ރ) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާއެއްގައި އެ މީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.

މުއްދަތު

މި މަޤާމުގެ މުއްދަތަކީ މީލާދީ 5 އަހަރެވެ. ނަމަވެސް މި މަޤާމަށް އައްޔަންކުރެވޭ ފަރާތުން ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ވަޒަންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ، އެ މީހެއްގެ މަޤާމުގެ މުއްދަތު 5 އަހަރުން 5 އަހަރަށް އިތުރު ކުރެވިދާނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1-     ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2009/01 ސަރކިއުލަރގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ތަޢުލީމީ ސެޓްފިކެޓެއް ހުށަހަޅާނަމަ   އެ ސެޓްފިކެޓް އެކްރެޑިޓްކޮށް ތައްގަޑު ޖަހާފައިވާ އަސްލުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަނޑި

މި މަޤާމަށް އެދި ހުށަހަޅާ ވަޒީފާ ފޯމު 2018 ނޮވެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

1- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި މި ކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ލިބެން ހުންނާނެއެވެ.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

3- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

4- އިންޓަރވިއުގައި ބައިވެރިކުރެވޭނީ، ހުށަހަޅާ ވަނަވަރުތަކަށް ބެލުމަށްފަހު ޝަރުތު ފުރިހަމަވާ ފަރާތްތައް އެކަންޏެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

ޖުޑީޝަލް އެޑްމިނިސްޓްރެޓަރުގެ މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވުމުގައި އެ ފަރާތެއްގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ހިންގުމުގެ ތަޖުރިބާ އާއި ނަތީޖާ ޙާޞިލްކޮށްފައިވާ މިންވަރަށް ރިޢާޔަތްކުރެވޭނެއެވެ.

15 ނޮވެންބަރު 2018
ހޯދާ