ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ:
2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ: GS-180/2018/171 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް އެކަށީގެންވާ ޢަދަދަށް މީހުން ޙާޞިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެކަމަށްއެދި އިޢުލާންކުރަމެވެ.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުޞީލް |
ތަން |
ތާރީޚާއި ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
މަޑިފުށީ ސްކޫލުގެ އޮފީސް |
19 ނޮވެންބަރ 2018 ވާ ހޯމަ ދުވަހުގެ 11:00ގައި |
އަންދާސީހިސާބު ހުށަހެޅުން |
މަޑިފުށީ ސްކޫލުގެ އޮފީސް |
22 ނޮވެންބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.