ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ:(IUL)403-M/403/2018/84
އިޢުލާނު
އަންދާސީ ހިސާބު ބޭނުންވެއްޖެ:
ތިރީގައި މިދަންނަވާ ތަކެތި ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކައުންސިލްގެ ނަންބަރު (IUL)403-M/403/2018/77 (25 އޮކްޓޫބަރު 2018) އިޢުލާނާއި ގުޅިގެން 3 ފަރާތުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ފުރުސަތު ހުޅުވާލަމެވެ.
- 3 ކޮމްޕިއުޓަރ ސިސްޓަމް
- 3 ޓީވީ
- 1 ލެޕްޓޮޕް
ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 21 ނޮވެންބަރު 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި
* އެސްޓިމޭޓް ހުށަހެޅުން: 29 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
05 ރަބީއުލްއައްވަލް 1440
13 ނޮވެންބަރު 2018
ޙުސައިން ހަބީބު ޢަލީ
ކައުންސިލްގެ ނައިބުރައީސް