ދިވެހިރާއްޖެ
އިޢުލާން |
ރަށުކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ނީލަންކިޔުން
ހޯރަފުށީ ކައުންސިލްގެ އިދާރާގައި ހުރި ބައެއް ބައު ތަކެތި ނީލަން ކިޔުމަށް ހޯރަފުށީ ކައުންސިލުން ނިންމާފައިވާތީ، މި ދެންނެވި ތަކެތި ނީލަން ކިޔުން 2018 ޑިސެންބަރު 01 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި ރައްވެހިގެ (އޯކިޑްވިލާ) ކުރިމަތީގައި އޮންނާނެއެވެ.
މި ނީލަމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ވަގުތުން އަގު އަދާކުރެއްވުމަށްފަހު، ނީލަމުން ނެންގެވި ތަކެތި 2018 ޑިސެންބަރު 01 ވާ ހޮނިހިރު ދުވަހުގެ 18:30 ގެ ކުރިން ގެންގޮސް ނިންމަވަން ވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ރަބީޢުލްއައްވަލް 1440