ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. އޮޅުވެލިފުށީގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ސީ- ޒޯން ލައިސަންސް ޚިދްމަތް ދިނުމާބެހޭ

ޅ. އޮޅުވެލިފުށީގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކަށް ސީ- ޒޯން ލައިސަންސް ޚިދުމަތް ދިނުމަށްޓަކައި އެކަމަށް އެދޭ އެޕްލިކޭޝަން ފޯމް ދޫކުރުމާ ބަލައިގަތުމުގެ އިންތިޒާމް ޅ. އޮޅުވެލިފުށީ ކައުންސިލްގެ އިދާރާގައި ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ފޯމްދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.

ވީމާ، ޅ. އޮޅުވެލިފުށިން ސީ- ޒޯން ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ޅ. އޮޅުވެލިފުށީ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

1.     އިދާރީ ޚިދުމަތުގެ ފީ -/100 ރުފިޔާ (ފުރަތަމަ ފޯމް ހުށަހަޅާއިރު)

2.     ޤަވާޢިދު އިމްތިޙާނުގައި ބައިވެރިވާ ކޮންމެފަހަރަކަށް -/100 ރުފިޔާ (ފުރަތަމަ ފޯމް ހުށަހަޅާއިރު އަދި އޭގެ ފަހުންވެސް ޤަވާޢިދު އިމްތިޙާނުގައި ބައިވެރިވާނަމަ)

3.     ދުއްވުމުގެ އިމްތިޙާނުގައި ބައިވެރިވާ ކޮންމެފަހަރަކު -/100 ރުފިޔާ (ޤަވާޢިދު އިމްތިޙާނުން ފާސްވުމުން ދުއްވުމުގެ އިމްތިޙާނު ދިނުމުގެ ކުރިން)

4.     އެގްޒަމިނަރަށް ދައްކަންޖެހޭ ފައިސާ (ދުއްވާ ކޮންމެ ފަހަރަކަށް)

02 ފުރޮޅުލީ އެއްގަމު އުޅަނދަށް -/15 ރުފިޔާ

03 ފުރޮޅުލީ އެއްގަމު އުޅަނދަށް -/25 ރުފިޔާ

04 ފުރޮޅުލީ އެއްގަމު އުޅަނދަށް -/25 ރުފިޔާ

5- އެއްގަމު ލައިސަންސް ފޮތުގެ އަގަށް -/250 ރުފިޔާ (އިމްތިޙާން ތަކުން ފާސްވުމުން)

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2018
ހޯދާ