އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާކަރަންޓް ވައިރިން 3 ފޭސް އަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

         އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖެ

 

 ނަންބަރ (IUl) 343-AS/2018/77  :

އިޢުލާން

ކައުންސިލްގެ އިދާރާކަރަންޓް ވައިރިން 3 ފޭސް އަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

                މިއިދާރާގެ އިޢުލާން ނަމްބަރ  (O30) (IUL)343-AS/2018/70 އޮކްޓޫބަރު 2018 )  ގުޅިގެން އެއްވެސް ބޭފުޅަކު އެސްޓިމޭޓް ހުށަހަޅުއްވާފައި ނުވާތީ ، އެއިޢުލާން  ބާތިލްކޮށް  އަލުން ފުރުޝަތު ހުޅުވާ ލަމެވެ.

                 ކައުންސިލްގެ އިދާރާ ކަރަންޓް ވައިރިން އަމިއްލަ ތަކެތީގައި 3 ފޭސް އަށް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 19 ނޮވެމްބަރު 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 ނޮވެމްބަރު  2018 ބުރާސްފަތި ދުވަހުގެ 13:00 ށް މިމަސައްކަތް ކޮށްދެއްވާނެއަގު ބަޔާންކޮށް ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުންއޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 27 ނޮވެމްބަރު   2018 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. އެހެންކަމުން މަޢުލޫމާތު ސާފްކުރެއްވުމަށާއި، ލިޔުން ޙަވާލުކޮށްފައި ބަދަލުގައި ފޮނުވާފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޙްތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

     މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

                        ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                       05 ރަބީޢުލްއައްވަލް  1440

                       13  އޮކްޓޫބަރު   2018

13 ނޮވެންބަރު 2018
ހޯދާ