ދިވެހިރާއްޖެ
ނަމްބަރ: GS-200/2018/21
2019 ވަނަ އަހަރު އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމާއިބެހޭ! |
2019 ވަނަ އަހަރު އަލަށް މި ސްކޫލްގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި އެހެނިހެން ގްރޭޑްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 22 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯމާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 14 ނޮވެމްބަރ 2018 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެންދުނު 9.00 ން 13.00 ށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
ޕްރީ ސްކޫލް މަރުޙަލާ ( ފައުންޑޭޝަން ސްޓޭޖް ) އަށް ކުދިން ވެއްދުމުގައި ޢުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތަށެވެ.
މަރުޙަލާ |
ޢުމުރުފުރާ |
އެލް.ކޭ.ޖީ |
4 އަހަރު ފުރި 5 އަހަރު ނުފުރޭ (2019 ޖެނުއަރީ 1 ގެ ނިޔަލަށް) |
ޔޫ.ކޭ.ޖީ |
5 އަހަރު ފުރި 6 އަހަރު ނުފުރޭ (2019 ޖެނުއަރީ 1 ގެ ނިޔަލަށް) |
05 ރަބިޢުލް އައްވަލް 1440
13 ނޮވެމްބަރ 2018