ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
MS/IUL/2018/16
2019 ވަނައަހަރު ފެށެންވާއިރަށް މަޖީދިއްޔާ ސްކޫލުގެ ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން 16 އޮކްޓޯބަރ 2018 ގައި ކުރި ޢިއުލާން ނަންބަރު MS/IUL/2018/12 ގުޅިގެން ވެސް، އެކަށީގެންވާ ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ މިޢުލާން ބާތިލް ކޮށް އަލުން ފުރުސތު ހުޅުވާލަމެވެ.
- ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް
ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމަތު ސާފު ކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
13 ނޮވެންބަރު 2018 ވާ އަންގާރަަ ދުވަހުގެ 10:00 ގައި |
18 ނޮވެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 10:00 ގައި |
އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.ބިޑް ހުށަހަޅަންވާނީ މި އިއުލާނާއެކު އެޓޭޖް ކުރެވިފައިވާ ބިޑް ފޮތުގައިވާ ގޮތަށެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީ އަދި އައިޑީ ކާޑާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދުރުވާ ފަރާތްތަކުން އަމީރު އަޙްމަދު މަގުގައި ހުންނަ މި ސްކޫލްގެ އޮފީސް ގޭޓުން ވެންނެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3314303ނުވަތަ 7793747 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
12 ނޮވެންބަރު 2018