ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ / ދިވެހިރާއްޖެ ލ.
ނަންބަރ: (IUL)403-M/403/2018/82
އިޢުލާނު
ލ.މާމެންދޫގައި އައިސްޕްލާންޓެއް އެޅުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމާއި ގުޅޭ:
ބަނދަރު ސަރަހައްދުގެ ވިޔަފާރި ބިންތަކުގެ ޕްލޭންގައިވާ ބިންތަކުގެ ތެރެއިން 10,000 އަކަފޫޓަށްވުރެ ބޮޑުނޫން ބިމެއް އައިސްޕްލާންޓެއް އެޅުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުގެ 2018 ވަނައަހަރުގެ 76 ވަނަ އާންމުޖަލްސާއިން ނިންމާފައިވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 25 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 13:00 ގައި
* އެސްޓިމޭޓް ހުށަހެޅުން: 23 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 13:00 ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
04 ރަބީޢުލް އައްވަލް 1440
12 ނޮވެމްބަރ 2018
ޙުސައިން ޙަބީބު ޢަލީ
ކައުންސިލްގެ ނ.ރައީސް