ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ ރިސެޕްޝަން ބައި މަރާމާތުކުރުން.

                                                      ނަންބަރ: (IUL)241-B/241/2018/16

 

 

 

             އިއުލާން

 

 

އަތޮޅުކައުންސިލްގެ ރިސެޕްޝަންބައި މަރާމާތުކުރުން

                    

                     މިއިދާރާގެ ރިސެޕްޝަންބައި މަރާމާތުކޮށް ޕާރޓިޝަނެއް ޖަހަން ބޭނުންވާތީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  15 ނޮވެމްބަރ 2018 ވާ ބްރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު  26 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 13.00 އަށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

                     ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަންވަޑައި ނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

              ހުށަހަޅުއްވާ އަގަށް                 60%

              ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  15%

              ހުށަހަޅާ މުއްދަތަށް                 15%

              މާލީ ތަނަވަސްކަމަށް                10%  

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

30 ޞަފަރު      1440

08 ނޮވެމްބަރ     2018 

08 ނޮވެންބަރު 2018
ހޯދާ