ދިވެހިރާއްޖެ
ގދ. މަޑަވެލީގައި ހިންގަން ރާވާފައިވާ ނިޔަމި ކޯސް ލެވެލް-2 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ.
މަޑަވެލި ކައުންސިލާއި މެރިޓައިމްސް އެކަޑަމިކް އޮފް މޯލްޑިވްސް އާއި ގުޅިގެން 12 ނޮވެމްބަރ 2018ން 14 ނޮވެމްބަރ 2018 އަށް ހިންގަން ރާވާފައިވާ ނިޔަމި ކަމުގެ ކޯސް އެކަށީގެންވާ ވަރަށް ބައިވެރިން ލިބިފައިނުވާތީ މުއްދަތު އިތުރުކޮށް ޑިސެމްބަރު 7 ން 11 އަށް ކޯސް ހިންގަން ރާވާފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ މިޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފައިސާ ދެއްކުމަށްފަހު ނަންނޯޓް ކުރެއްވުން އެދެމެވެ.
ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނީ 12 ނޮވެމްބަރ 2018 އިން ފެށިގެން 03 ޑިސެމްބަރ 2018 އަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00ން 14:00 އަށް މަޑަވެލި ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު:
- ޓްރެއިނިންގެ ދިގުމިން: 03 ދުވަސް
- ޓްރެއިނިންގ ފީ: -/1800ރ
- ގިނަވެގެން ބައިވެރިވެވޭނީ 30 ބައިވެރިންނަށެވެ.
- މިޓްރެއިންގ ޕްރޮގްރާމް ކުރިއަށް ގެންދެވެން އޮތީ މަދުވަގެން 20 ބައިވެރިން ލިބިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.