ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2018/59)
އިޢުލާން
2018 ވަނަ އަހަރުގެ ނޮވެންބަރު،ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ،ކެޓް،ޕެޓް،އެފްސީއީ) އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:
2018 ވަނަ އަހަރުގެ ނޮވެންބަރު،ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ (ޓައިމްޓޭބަލް) 2018 ނޮވެންބަރު 12 ވަނަ ދުވަހުން ފެށިގެން 2018 ނޮވެންބަރު 19 ގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އެކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެއެވެ. މިޑިޕާޓްމަންޓަންޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.
މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
30 ޞަފަރު 1440
08 ނޮވެންބަރު 2018