ދިވެހިރާއްޖެ
2019 ވަނައަހަރުން ފެށިގެން ބޭނުންކުރަން ހަމަޖެހިފައިވާ މި ސްކޫލުގެ އައު އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދީ ދަރިވަރުންނަށް ރަށުން (ކ.ހުރާ)އިން ލިބޭނެގޮތް އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުންއޮންނާނީ 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30ގައި މިސްކޫލުގައެވެ.
އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ 22 ނޮވެމްބަރ 2018 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 1:30 ގައެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބާޠިލް ވާނެވާހަކަ ދެންނެވީމެވެ. ބަދަލްގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތުގެ ސިޓީއަކާއި އެކު ހާޒިރުވެލައްވާ ފަރާތުގެ އައި.ޑީ.ކާޑު ގެންނަވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ސްކޫލުގެ ފޯން ނަމްބަރު 6640177 އާއި ގުޅުއްވުން އެދެމެވެ.
މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.