އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް (މާފާތު ބަގީޗާ) ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

  ނަމްބަރ: IUL)345-CAA/345/2018/40)

އިޢުލާން

ކުޑަކުދިންގެ ޕާކް (މާފާތު ބަގީޗާ) ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ: 

 

މަޤާމް:މަސައްކަތު (ވަގުތީ)

ބޭނުންވާ ޢަދަދު:01 ( އެކެއް )

މުއްދަތު: 1 އަހަރު ދުވަހުގެ މުއްދަތައް.

ފެންވަރު ނުވަތަ ޝަރުޠު:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

މުސާރަ: މަހަކު -/2000 (ދެހާސް ރުފިޔާ)

މަޤާމްގެ މަސްއޫލިއްޔަތުތައް:

  • ޕާކުތެރެ ކުނި ކަހާ ސާފުކޮށް ވިނަ ނޮޅަންޖެހޭ ތަންތަނުން ވިނަ ނޮޅުން.
  • ކުޅޭ ސެޓުތައް ފޮހެ ސާފުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.

2-      ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      އިންޓަވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 18 ނޮވެންބަރު 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިންޓަވިއުކުރުން: މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 18 ނޮވެންބަރު 2018 އާއި 30 ނޮވެންބަރު 2018 އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

08 ނޮވެންބަރު 2018
ހޯދާ