ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސެޓްފިކެޓް ޗާޕްކުރުން

ނަންބަރު:  IUL)120/1/2018/58)

 

އިޢުލާން

 

ސެޓްފިކެޓް ޗާޕްކުރުން

މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކުގެ ނަތީޖާ ސެޓްފިކެޓް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު  (IUL)120/1/2018/57 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 14 ވާ ބުދަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ނޮވެމްބަރ 21 ވާ ބުދަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޒިރުވާ  ފަރާތްތަކަށް އެކަންޏެވެ.

29 ސަފަރު 1440

07 ނޮވެމްބަރ 2018

 

07 ނޮވެންބަރު 2018
ހޯދާ