ދިވެހިރާއްޖެ
އަލަށް ދޫކުރެވުނު ގެވަޅުތަކާ އިންވެގެންހުރި މަގުތައް ހެދުމާ ގުޅޭ |
މިރަށު އޯކިޑް މަގުގެ އުތުރުން ދޫކުރެވިފައިވާ ގެވަޅުތަކާއި އިންވެގެން ހުރި މަގުތައް ސާފްކުރުމުގެ މަސައްކަތް މި އިދާރާއިން މިދަނީ ކުރަމުންނެވެ. މިގޮތުން ތަފާތުއެކި ފަހަރުމަތިން މިސަރަހައްދުގެ މަގުތަކަށް އަރާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށާއި އެތަކެތީގެ ބަދަލުކަންކަން ނިންމުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުން އެދި އިއުލާންކުރެވިފައިވީނަމަވެސް ބަހާރުގޭގެ އުތުރުން ހުޅަނގުން އިރަށްވާގޮތަށް އޮންނަ މަގުގައި ހުރި ފަތްކޭލާއި އަދި މިނޫންވެސް ތަކެތީގެ ވެރިން މިއިދާރާގައި ނަންނޯޓް ކުރައްވާފައެއްނުވެއެވެ. ވީމާ މިތަކެތީގެ ވެރިން ލަސްނުކުރަށްވާ މިއިދާރާގައި ނަން ނޯޓް ކުރައްވާ ، އެތަކެތީގެ މާލީ ބަދަލުކަންކަން ނިންމެވުން އެދެމެވެ. އަދި 22 ނޮވެމްބަރ 2018 ގެ ކުރިން މިތަކެތީގެ ވެރިޔަކު ނުވާނަމަ، މިކައުންސިލުން ފަތްކެޔޮ ގަސްތައް ނަގާނެވާހަކަ ދެންނެވީމެވެ.
'20ފޫޓް އަލަށް ހެދޭ މަގު
ކޮށިމަގު
ރަމްޒް ބަހާރުގެ
މިހެންވެމިކަން އާންމުކޮށް އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.