ދިވެހިރާއްޖެ
މި އިޢުލާންވަނީ 21 ނޮވެންބަރު 2018 13:14 ގައި ބާތިލް ކުރެވިފައެވެ.
c
ފިނޭސްކޫލް
ހދ.ފިނޭ، ދިވެހިރާއްޖެ
ނަންބަރު:(iu)GS99/2018/039
އިޢުލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު
2019 ޖެނުއަރީ 1 ވަނަދުވަހުން ފެށިގެން މީލާދީ 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށްބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓާއެކު މި ރަޖިސްޓްރީވެސް ހުށައަޅަންވާނެއެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ މައުލޫމާތު ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520539 ފޯނާއި ގުޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
14 ނޮވެމްބަރު 2018 |
ބުދަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުން |
19 ނޮވެމްބަރު 2018 |
ހޯމަ |
13:00 |
07 ނޮވެމްބަރު 2018
29 ސަފަރު 1440