ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2018/15
އިއުލާން
އަތޮޅުކައުންސިލްގެ މަގުފާރު ރޭނުމާއި ބެހޭ
މިއިދާރާގެ މަގުފާރު ރޭނުމާއި ބެހޭގޮތުން މީގެ ކުރިން ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބު ތަކުގެ އަގު ބޮޑުވުމާއި ކުރެހުމަށް ބަދަލުގެންނަން ޖެހުމުގެ ސަބަބުން އެ އަންދާސީ ހިސާބްތައް ބާޠިލްކޮށް އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ ، މިއިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ފަހު 15 ނޮވެމްބަރ 2018 ވާ ބްރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަންވަޑައި ނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ހުށަހަޅުއްވާ އަގަށް 60%
ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 15%
ހުށަހަޅާ މުއްދަތަށް 15%
މާލީ ތަނަވަސްކަމަށް 10%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
29 ޞަފަރު 1440
07 ނޮވެމްބަރ 2018