މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ޤުރުއާން މުދައްރިސަކު ހޯދުމާބެހޭ

އިޢުލާން

             މިކައުންސިލާއި ހިންމަފުށީ ސްކޫލް ގުޅިގެން 1440 ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމަށްޓަކައި އެކުލަވާލެވޭ ޤުރުއާން ޕޫލް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަގުތީ ޤުރުއާން މުދައްރިސަކު ބޭނުންވެއްޖެ އެވެ.

މަޤާމް:         ވަގުތީ ޤުރުއާން މުދައްރިސް

މުއްދަތު:        5 މަސް ދުވަސް

މުސާރަ:       ކޮންމެ ސެޝަނަކަށް ( 1 ގަޑިއިރުގެ ) -/200ރ ( ދުއިސައްތަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު: ޤުރުއާން ގެ ދާއިރާއިން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް ޙާޞިލް ކޮށްފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން: ހިންމަފުށީ ސްކޫލް

ކުރަންޖެހޭ މަސައްކަތްތައް:

1-    ކަނޑައެޅިފައިވާ ގޮތުގެމަތީން ކޮންމެ ދުވަހަކު 3 ގަޑިއިރު ޕޫލް ކުރިއަށް ގެންގޮސްދީ ކުދިންނަށް ކިޔަވައިދިނުން.

2-    ޕޫލް ކުރިއަށް ގެންދިއުމަށްޓަކައި ގެނެވޭ ރިސޯސް ބޭފުޅުންނާއެކު ޕޫލްގެ ކަންތައްތައް ކުރިއަށް ގެންދިއުން.

3-    ޤުރުއާން މުބާރަތަށް ކުދިން ތައްޔާރުކުރުމަށްޓަކައި ކިޔަވައި ދިނުމުގެ ގޮތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް.

4-    ޤުރުއާން މުބާރާތަށް ހޮވޭ ކުދިން ގޮވައިގެން މުބާރާތް އޮންނަ ރަށަށް ދިއުމާއި ފަރިތަކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

           ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އައި ޑީ ކާޑުގެ ފޮޓޯ ކޮޕީ އާއި ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއެކު އެކަމަށް އެދޭފޯމް 13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެ އެވެ.

06 ނޮވެންބަރު 2018
ހޯދާ