ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި ތަންތަނުގައި ބަހައްޓާފައިހުރި ލަކުޑި،ދަރު،ދަނޑި،ފަން ފަދަ ތަކެތި ނަގަން އެންގުން.

އިޢުލާނު

 

އެކި ތަންތަނުގައި ބަހައްޓާފައިހުރި ލަކުޑި،ދަރު،ދަނޑި،ފަން ފަދަ ތަކެތި ނަގަން އެންގުން.

 

 

ނިލަންދޫގައި އެންމެ ފަހުން ބޭނުންކުރި ކުނިގޮނޑުގެ އިރުން ފެށިގެން އަމީނީ މަގާދެމެދު، ސަލާމު މިސްކިތުގެ އުތުރު މަގުގެ އުތުރުން ކުރީގެ ކުނި ގޮނޑާއެކު ސާފުކުރަން ބޭނުންވެގެން 2018 އޮކްޓޫބަރު 24 ވަނަ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި އެކި ފަރާތްތަކުން ބަހައްޓާފައިހުރި ތަކެތި ނެގުމަށް މިއިދާރާގެ ނަމްބަރު: (IUL)374C/374/2018/119 އިޢުލާނުން 23 އޮކްޓޫބަރު 2018 ގައި ޢާއްމުކޮށް އަންގާފައި ވާނެއެވެ. އަދި ނަގާތަކެތި ވަގުތީގޮތުން ބަހައްޓައި ދޭނެ ތަންތަން ހަމަޖައްސައި ދޭނެ ކަމަށާ އެ މުއްދަތުގައި ނުނަގައި އެ ސަރަޙައްދުގައި ހުރި ތަކެތި މިއިދާރާއިން ނައްތާލަން ޖެހިދާނެކަމަށްވެސް ދަންނަވާފައި ވާނެއެވެ. ނަމަވެސް އެ ސަރަޙައްދުގައިހުރި ވަރަށް މަދު އެއްޗެއް ނޫނީ ނަގާފައި ނުވާތީ އެ ސަރަޙައްދުގައި ހުރި ތަކެތި 2018 ނޮވެންބަރު 5 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެތެރޭގައި ނެގުމަށް އަނެއްކާވެސް އަންގައި އިޢުލާނުކުރަމެވެ. އަދި މި މުއްދަތުގައި ނުނަގައި އެ ސަރަޙައްދުގައި ހުންނަ ތަކެތި އިތުރު އެންގުމަކާނުލައި މިއިދާރާއިން ނައްތާލާނެ ކަންވެސް އަންގައި އިޢުލާނުކުރަމެވެ.

މި ސަރަޙައްދުގައި ހުރި ތަކެތި ނަގަން ބޭނުންވަނީ އެ ސަރަޙައްދު ސާފުކޮށް އެތަނަށް ވެލި އަޅައި އެ ސަރަޙައްދު ހިތްފަސޭހަ ސަރަޙައްދަކަށް ހަދަން ބޭނުންވާތީއެވެ. މިކަން ކާމިޔާބުކުރަން ފަސޭހަވާނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ލިބިގެންނެވެ. 

26 ޞަފަރު   1440

04 ނޮވެންބަރު 2018

04 ނޮވެންބަރު 2018
ހޯދާ