ދިވެހިރާއްޖެ
`
ދާންދޫ ސްކޫލް |
|
ގއ.ދާންދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ:GS-199/IUL-2018/24
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ދަރިވަރުންނަށް 2019 ވަނައަހަރަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް އަދި ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ރަސްމީ ޔުނިފޯރމް ދާންދޫ އިން ދާއިމީގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް، އިއުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް ދާންދޫ ސްކޫލްގެ ޕީޓީއޭ އާއި ސްކޫލް ބޯޑްގެ 24 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ ބައްދަލުވުމުން ނިންމާފައިވާތީ މިމަސައްކަތް ކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކާއި އަދި ކުންފުންޏާއިބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13ނޮވެމްބަރ 2018 ވާއަންގާރަދުވަހުގެ 10:30މިސްކޫލަށް ވަޑައިގެން މައުލޫމާތުސާފުކުރެއްވުމަށްފަހު 19 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:30 ށް އެސްޓިމޭޓްހުށަހެޅުއްވުންއެދެމެވެ.
މަޢުލޫމާތުދިނުމުގެބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމައެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުންހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދާންދޫ ސްކޫލް
ގއ.ދާންދޫ
ދާންދޫ، ދިވެހިރާއްޖެ.
ފޯން:7983075
އީ-މެއިލް: [email protected]
29 ޞަފަރު1439
7 ނޮވެމްބަރ2018
-އިދާރާ-