ދިވެހިރާއްޖެ
މާފުށީ ސްކޫލް
ކ. މާފުށި
ނަންބަރު :GS143/IUL/2018/25 |
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާ ދޭނެ ފަރާތެއްހޯދުން
2019 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކޮށްދިނުން އޮންނާނީ 12 ނޮވެމްބަރ 2018 ހޯމަ ވާ ދުވަހު 13:00 ގައި މާފުށީ ސްކޫލް ގައެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހު 13:00 ގައި މާފުށީސްކޫލް ގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާފުށި ސްކޫލްގެ ނަންބަރު 6640471 ފޯނަށް ގުޅުއްވުން އެދެމެވެ.
07 ނޮވެމްބަރ 2018