މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ 2018" ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 7000 ހައުސިންގ ޔުނިޓުގެ H18 (ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ޢަރަބިއްޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަންނެތް ފަރާތްތަކަށް ދޫކުރާ 300 ފްލެޓް) ކެޓަގަރީގެ ދާއިމީ ލިސްޓް އިޢުލާންކުރުން.

ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ޢަރަބިއްޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  ގައި ޝާއިޢުކުރެވިފައިވާނެއެވެ. 

06 ނޮވެންބަރު 2018
ހޯދާ