ދިވެހިރާއްޖެ
އިޢުލާން
ޖަލާލުއްދީން ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމާއި ގުޅޭ
ކޮންޓްރެކްޓް އުސޫލުން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، 2019 ޖެނުއަރީ 01 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2018 ނޮވެންބަރު 18 ވާ އާދީއްތަ ދުވަހުގެ 11:00 ށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ނޮވެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެމީހާ ފޮނުއްވިފަރާތުގެ ލިޔުމަކާއި،ބަދަލުގައި އަންނަމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
Û އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6528815 ނަންބަރު ފޯނަށެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޞަފަރު 1440
06 ނޮވެންބަރު 2018