ދިވެހިރާއްޖެ
ހިންމަފުށީ ސްކޫލް
ކ.ހިންމަފުށި،/ ދިވެހިރާއްޖެ.
ނަންބަރު: GS141/MIS/2018/14
އިޢުލާން
2019 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.
2019ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 2ކޮޓަރިއާއި ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓް މަންޓަކަށްވާން ވާނެއެވެ.
ވީމާ، ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ނުވަތަ އެޕާރޓްމަންޓް ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް ކުރެހުމަކާއެކު މި ސްކޫލަށް ސިޓީހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވެވިދާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚް |
ސިޓީ ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚް |
19 ނޮވެމްބަރ 2018 ހޯމަ ދުވަސް ގަޑި 13:00 |
22 ނޮވެމްބަރ 2018 ބުރާސްފަތި ދުވަސް ގަޑި 13:00 |
- އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.
28 ޟަފަރު 1440
6 ނޮވެމްބަރ 2018