ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ހޯދުމާއި ކޯޓުގައި ކައުންސިލްގެ އިދާރާ ތަމްޘީލު ކުރުމަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުން.

 ނަންބަރ: IUL)415/415/2018/70)

އިޢުލާން

ޤާނޫނީ ލަފާ ހޯދުމާއި ކޯޓުގައި ކައުންސިލްގެ އިދާރާ ތަމްޘީލު ކުރުމަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުން.

ތިނަދޫ ކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި ތިނަދޫ ކައުންސިލަށް ދަޢުވާ ލިބޭ މައްސަލަތަކުގައި ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީވުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ޙިސާބާއި އެފަރާތުގެ ޕްރޮފައިލާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިވާކަމުގެ ސިޓީ 15 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިނަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފެކްސް ނުވަތަ އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ހުށަހެޅުއްވުންތައް ވެސް ޤަބޫލުކުރެވޭނެއެވެ.

އަންދާސީހިސާބުހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އަދި ދަންނަވަމެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ޖީ.އެސް.ޓީ އަށްރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި އަދި މަޢުލޫމާތުފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނޭ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.

27 ޞަފަރު 1440

05 ނޮވެންބަރު 2018
ހޯދާ