އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ރުއްގަސް ނެގުމާއި، ކޮނެގެން ނެގުމާއި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ

   ނަންބަރު: (IUL)203-EIARES/1/2018/18

                                     

ރުއްގަސް ނެގުމާއި، ކޮނެގެން ނެގުމާއި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ

ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ. "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ‘4/93' ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ މިއެޖެންސީގެ ހުއްދަ ލިބިގެންނެވެ. އެހެން ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިޢާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން މިމަސައްކަތްކުރަމުން ގެންދާކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ރުއްގަސް ނެގޭނީ މިއެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްޤީކުރާ ފަރާތްތަކުުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. މިގޮތުން އަންނަނިވި ކަންކަމަށް ބެލުން ކޮންމެހެން މުހިންމެވެ.

  • އެމަޝްރޫޢުއަކަށް ދޫކޮށްފައިވާ އީ.އައި.އޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ
  • ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.
  • ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.
  • ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

މިއެޖެންސީގެ އިސްވެދެންނެވުނު ހުއްދަތައް މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަންޖެހޭނެއެވެ.  މިލިޔެކިޔުންތައް މިގޮތަށް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި މިއެޖެންސީން ހުއްޓުވާނަމެވެ. ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

 

                                                                    06 ނޮވެމްބަރ 2018

06 ނޮވެންބަރު 2018
ހޯދާ