ދިވެހިރާއްޖެ
c ކ.އަތޮޅު މަދަރުސާ ކ.ކާށިދޫ،ދިވެހިރާއްޖެ
|
|
GS36/2018/18 ނަންބަރ: |
|
އިޢުލާން |
|
ކޮންޓްރެކްޓް އުސޫލުން މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ:
2019 ވަނަ އަހަރުގެ ޖެނުއަރީ 01 އިން ޑިސެމްބަރ 31 އަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްވަނީ ބޭނުންވެފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ނޮވެމްބަރު 13 ވާ އަންގާރަ ދުވަހުގެ 13:00 އަށް މަދަރުސާގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ނޮވެމްބަރު 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑް އިވެލުއޭޝަންގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ މައުލޫމާތުތައް އެނގޭނޭގޮތަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކުންފުޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން އަދި އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރަން އަދި އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށައެޅުންތައް ގަބޫލްނުކުރެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
06 ނޮވެމްބަރ 2018
|