ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
މެރިން މެކޭނިކް

ވަޒީފާގެ ފުރުޞަތު

މަޤާމް

މެރިން މެކޭނިކް

ރޭންކް

MO 3

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން ސަރވިސް އެލަވަންސް 1,500/-ރ (ފަނަރަސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް 3,000/-ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސްގެ ގޮތުގައި 3,000/-ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

އަސާސީ ޝަރުޠު

1- ޓްރާންސްޕޯޓް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ޤަބޫލުކުރާ "މެރިން މެކޭނިކް ސެޓްފިކެޓް" ހާސިލްކޮށްފައިވުން އަދި،

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ޢަމަލީ ގޮތުން ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ލޯންޗަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގައި އިންޖިނިއަރިންގ ގޮތުން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅުތައް އެޅުމުގައި ކޯޓުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

މަޤާމް

ލޯންޗު ފަޅުވެރި

ރޭންކް

MO 2

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން ސަރވިސް އެލަވަންސް 1,500/-ރ (ފަނަރަސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް 3,000/-ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސްގެ ގޮތުގައި 3,000/-ރ އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

އަސާސީ ޝަރުޠު

1- ޓްރާންސްޕޯޓް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ޤަބޫލުކުރާ "ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފަޅުވެރިންގެ ސެޓްފިކެޓް" ހާސިލްކޮށްފައިވުން އަދި،

2- ކަނޑުގައި ދުއްވާ އުޅަނދެއްގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ޢަމަލީ ގޮތުން ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ލޯންޗު ކެޕްޓަންގެ އިރުޝާދުގެ މަތިން ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުން އަދި ލޯންޗު ދުއްވުމުގައި ކެޕްޓަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައިވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2018 ނޮވެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

 މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު

1- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

4- މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަރވިއުކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 25 ނޮވެންބަރު 2018 އިން ފެށިގެންނެވެ.

06 ނޮވެންބަރު 2018
ހޯދާ