ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

2019 ވަނަ އަހަރު ހުޅުދެލީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމުހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާބެހޭ

                  މިކައުންސިލްގެ ނަންބަރ IUL) 378/2018/33) އިޢުލާނާއި ގުޅިގެން ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް އެކަށީގެންވާ ޢަދަދަށް ހުށަހަޅާފައި ނުވާތީ، ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން "ޕްރީސްކޫލަށް ވެއްދުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު 15 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން ހުޅުދެލީ ޕްރީސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00 ން 11:00 އަށް ހުޅުދެލީ ޕްރީސްކޫލުންނެވެ. އަދި "ޕްރީސްކޫލަށް ވެއްދުމަށް އެދޭފޯމް" ހުޅުދެލީ ޕްރީސްކޫލުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީގަޑީގައި 6760049 ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 ނޮވެންބަރު 2018
ހޯދާ